ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018: ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018 ފެށުމުގެގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މާފުށީ ޕްރިޒަން އާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީއެސްޖީ) އެވެ.

މި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ މާފުށީ ޕްރިޒަންގެ ޓީމެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށީ ޕްރިޒަންގެ ޖާޒީނަންބަރު 11 ޙުސައިން ސަމާހު އެވެ. ސަމާހުވަނީ މި މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ.