ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018 ފަށައިފި.

1

ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018 ފަށުމުގެގޮތުން މާފުށީ ޕްރިޒަންގެ ވޮލީކޯޓްގައި މިރޭ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ކޮމިޝަންޑް ރޭންކުގެ އޮފިސަރުންގެ އިތުރުން ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

2

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަމުން ކޮމިޝަނަރ ޝިހާން ވިދާޅުވީ މި މުބާރާތަކީ 2017 ވަނަ އަހަރު ބޭއްވިފަދަ ފޯރިގަދަ މުބާރާތަކަށް ހެދުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރެއްވުމަށެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ޕްރިޒަން އޮފިސަރުންނާއި މަދަނީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާވުމަށް މަގުފަހިވެގެންދާކަމަށެވެ.

3

ހަތަރު ޓީމް ވާދަކުރާ މި މުބާރާތް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ޕްރިސްކޯގެ ފަރާތުންނެވެ.

މި ރަސްމިއްޔާތުގައިވަނީ މި މުބާރާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *