ކޮމްޕިއުޓަރ ކޯހުން ފާސްވި ޤައިދީންނަށް ސެޓްފިކެޓް ދީފި.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި ސެޓްފިކެޓް ލެވެލް 1 ގެ ކޯސް ފުރިހަމަ ކުރި ޤައިދީންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ ކަލާފާނު ސްކޫލުގައެވެ. ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ ޢާޒިމް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލް ޣަފޫރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ.

Dr Aishath Shiham (Certificate)

މި ކޯހަކީ ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ތިބި ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގައި 27 ޤައިދީންވަނީ ކޯސް ފުރިހަމަކޮށް ފާސްވެފައެވެ.