ޤައިދީއެއް ނިޔާވެއްޖެ

news-background

ނިޔާވެފައިވަނީ ގދ. ތިނަދޫ، ސިލްވަރ އުމުރުން 37 އަހަރުގެ ހަމްޒަތު އަޙްމަދު ފަތުހީ އެވެ.

ޖުލައި 4 ވަނަ ދުވަހު ހަވީރު ޤައިދީންނާއެކު ޖަލުގެ ޔާޑު ތެރޭގައި ފުޓްބޯޅަ ކުޅެން ހުއްޓާ މޫނުމައްޗަށް އަނދިރިވެ، ނުކުޅެވޭވަރުވުމުން ވަގުތުން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ޑޮކްޓަރު ބެއްލެވުމަށްފަހު، ސްޓްރޯކެއް ޖެހި އެއްފަޅި ވާގިނެތްކަމަށް ޑޮކްޓަރު ބުނުއްވުމުން ވަގުތުން އިމަޖެންސީގައި މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފެށުނެވެ. ނަމަވެސް ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް އޭޑީކޭ އަށް ހުކުރުދުވަހު ބަދަލުކޮށް އޮޕަރޭޝަން ކުރެވޭވަރަށްވުރެ ހާލު ސީރިއަސްވުމުން ވެންޓިލޭޓަރގައި ބޭއްވީއެވެ.

ހަމްޒަތު އަޙްމަދު ފަތުހީ ނިޔާވެފައިވަނީ ރޭ 21:50 ގައެވެ.

މީނާއަކީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ގެންދިޔަ މީހެކެވެ. މުއްދަތު ހަމަވާނީ 6 ޖޫން 2037 ގައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *