ޤައިދީންނަށް ސިއްރުން ތަކެތިފޯރުކޮށްދޭ ފަރާތްތަކުން އެކަންތައް ހުއްޓާލުމަށް ސްޓޭޓްމިނިސްޓަރ ފަޔާޒް ގޮވާލައްވައިފި

FA Fayaz

ޖަލުތަކުގައިތިބޭ ޤައިދީންނަށް ސިއްރުން ތަކެތި ފޯރުކޮށްދޭ ފަރާތްތަކުން އެކަންތައްތައް ވަގުތުން ހުއްޓާލުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) މުޙައްމަދު ފަޔާޒް ގޮވާލައްވައިފިއެވެ. އަދި އެފަރާތްތައް މިކަންތައްތައް ނުހުއްޓައި ތަކުރާރު ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ސްޓޭޓް މިނިސްޓަރ ފަޔާޒް ވަނީ ދެއްވާފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީޕީއާރުއެސް) އަށް 41 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޓޭޓް މިނިސްޓަރ ފަޔާޒް އިތުރަށް ވިދާޅުވީ ޖަލަށްވަންނަ ހުއްދަނޫން ތަކެއްޗަކީ ކޮންމެވެސް ބައެއްގެ އިހުމާލުން ވަންނަ ތަކެތިކަމަށާއި އެކަންކަން ކުރަމުން ގެންދަނީ ވަގުތީ އުފަލެއް ހާސިލުކުރަމުންދާ ކޮންމެވެސް މަދު އޮފިސަރުންކޮޅެއް ކަމަށެވެ. އަދި މިކަމަކީ ޑިއުޓީއަށް އިހުމާލުވެފައިވާ އޮފިސަރުން ކުރާކަމަކަށް ވުމުން އެ އޮފިސަރުން އެކަންތައްތައް ނުހުއްޓައިފިނަމަ އެ އޮފިސަރުންނަށް ހަރުކަށި އަދަބު ދެއްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ރސްމިއްޔާތުގައި ޑީޕީއާރުއެސް ގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އާއި މި ސަރވިސަސްގެ ގިނައަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *