ހުޅުމާލޭ ޖަލުގައި އަލަށް ގާއިމުކުރާ ޔުނިޓާއި ޑިޓެންޝަން ސެންޓަރުގެ ބިންގާ އަޅައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލޭ ޖަލުގައި އަލަށް ގާއިމުކުރާ ޔުނިޓާއި ޑިޓެންޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

މިއިމާރާތުގެ ބިންގާ އަޅައިދެއްވާފައިވަނީ ހުޅުމާލޭ ޖަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ކޮމިޝަންޑް އޮފިސަރުންނެވެ. މި ރަސްމިއްޔާތުގައި ހުޅުމާލޭ ޖަލުގެ އޮފިސަރުންނާއި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުންގެ އިތުރުން ހުޅުމާލޭ ޖަލުގެ ބައެއް ޤައިދީން ވަނީ ބައިވެރިވެފައެވެ.

ހުޅުމާލޭ ޖަލުގެ އައު ޔުނިޓާއި ޑިޓެންޝަން ސެންޓަރު ގާއިމުކުރުމުގެ މަގުސަދަކީ އެ ޖަލުގައި ހުކުމް ތަންފީޒްކުރަމުންދާ ޤައިދީންނާއި އިމިގްރޭޝަން މަސައްލަތަކުގައި ހިފެހެއްޓިފައިވާ ބިދޭސީން ވަކިކުރުމެވެ. އަދި މި ދެ އިމާރާތް ނިމުމުން އެ ޖަލުގެ އޮފިސަރުންނަށާއި ޤައިދީންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.