ޕްރިޒަން ސަރވިސަސްގެ އާ އޮނިގަނޑާބެހޭގޮތުން ޖަލުގެ މުވައްޒަފުންނަށް މަޢުލޫމާތުދީފި

Maafushi Prison

1 ޖޫން 2012 ގައި ފާސްކުރެވުނު ޕްރިޒަން ސަރވިސަސްގެ އޮނިގަނޑާއި ބެހޭގޮތުން ޖަލުގެ މުވައްޒަފުންނަށް މަޢުލޫމާތުދިނުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު މާފުށީ ޖަލުގައި ބޭއްވުނު މިބައްދަލުވުމުގައި މަޢުލޫމާތުދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ޓީމަކުންނެވެ. މި ބައްދަލުވުމުގައި ޕްރިޒަން އޮފިސަރުންގެ އައު އޮނިގަނޑުގެ މަޢުލޫމާތާއި ޖަލުގައި މަސައްކަތްކުރާ މުވައްޒަފުން އައު އޮނިގަނޑަށް ހިޖުރަކުރުމުގައި ގެންގުޅޭނެ އުސޫލްތައް ކިޔާދީ، އަދި މުވައްޒަފުންގެ ފަރާތުން ހުށައެޅުނު ސުވާލުތަކަށް ޖަވާބު ދެވުނެވެ. މާފުށީ ޖަލުގެ އިތުރުން އައްސޭރި ޖަލު އަދި މާލޭ ޖަލުގެ މުވައްޒަފުންނަށްވެސް މިފަދަ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ޕްރިޒަން ސަރވިސްގެ އޮނިގަނޑު ފާސްކޮށްފައިވަނީ ސިވިލް ސަރވިސްގެ މަޤާމުތައް އެއްމިންގަނޑުތަކަކަށް ގެނައުމަށް ކުރިއައްދާ ޕްރޮގްރާމްގެ ދަށުން ޑީ.ޕީ.އާރ.އެސް އާއި ސިވިލް ސަރވިސް ކޮމިޝަނާއި ގުޅިގެނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *