އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން މާލޭ ޕްރިޒަން އިން ހޯދައިފި.

male prison (2)

ޕްރިޒަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2018” ގެ ޗެމްޕިއަންކަން މާލޭ ޕްރިޒަން ހޯދައިފިއެވެ.

މާލޭ ޕްރިޒަން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް އައްސޭރި އަތުން 1-3 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މެޗް ބައްލަވާލެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެގްޒެކެޓިވް އޮފިސަރުންނާއި ޕްރިޒަން ކުލަބުގެ ރައީސް ސީޕީއޯ އަބްދުލް ޣަނީ އާއި ޕްރިޒަން ކުލަބުގެ ނައިބު ރައީސް އާއި އެމްސީއެސްގެ ސީނިއާ އޮފިސަރުންނާއި ގިނަ އަދަދެއްގެ ޕްރިޒަން އޮފިސަރުންގެ އިތުރުން ބައެއް އާންމު ރައްޔިތުންވެސް ހާޒިރުވެފައިވެއެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކިވަނަތަކަށް ހޮވުނު ޓީމްތަކަށާއި ކުޅުންތެރިންނަށް އިނާމް ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

_MG_8117

ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ޕްރިޒަންގެ ޖާޒީ ނަންބަރު 7، އިސްމާއީލް ޒަރީރުއެވެ. އިސްމާއީލް ޒަރީރުވަނީ މިމެޗުގައި ހެޓްރިކް ހަދާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް މާލޭ ޕްރިޒަންގެ ޢަލީ ނިޔާޒު ހޮވިފައިވާއިރު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މާލޭ ޕްރިޒަންގެ އިސްމާއީލް ޒަރީރު އެވެ.

_MG_8114

 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މާލޭ ޕްރިޒަންގެ އިސްމާއީލް ޒަރީރު އާއި ޓީމް އެޗްކިއުގެ އާދަމް މަންސޫރު އާއި މޫސާ ޙަސަންފުޅުގެ އިތުރުން ޓީމް އައްސޭރީގެ ޢަލީ ސާޖިދު އާއި ޙުސައިން ނާފިޒު އެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ހުޅުމާލޭ ޕްރިޒަންއެވެ.

_MG_8131

މި މުބާރާތުގައި ފަސްޓީމް ވާދަކުރިއެވެ. އެއީ މާފުށީ ޕްރިޒަން އާއި އައްސޭރި ޕްރިޒަން އާއި ހުޅުމާލޭ ޕްރިޒަން އާއި މާލޭ ޕްރިޒަންގެ އިތުރުން ޓީމް އެޗްކިއު އެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *