އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2018: މާލޭ ޕްރިޒަން އާއި ޓީމް އައްސޭރި ފައިނަލަށް

0-02-06-1dec0e0247284f5794663794c4954384a480c285f44f0e38003c31ebd4a830ef_8edd0661

ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓްގެ ފައިނަލަށް މާލޭ ޕްރިޒަން އާއި ޓީމް އައްސޭރި ދަތުރުކޮށްފިއެވެ.

މާފުށީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޓީމް އެޗްކިއު އާއި ވާދަކޮށް މާލޭ ޕްރިޒަން ފައިނަލަށް ގޮސްފައިވަނީ 2-1 ން މޮޅުވެގެންނެވެ. މި މެޗުގައި މާލޭ ޕްރިޒަން އިން ލަނޑުޖަހާ ލީޑުނަގާފައިވަނިކޮށް ޓީމް އެޗްކިއުއިން އެއްވަރުވެސް ކުރިއެވެ. ނަމަވެސް ފަހުހާފު ނިމެން ކައިރިވެފައި ވަނިކޮށް މާލޭ ޕްރިޒަން އިން އަނެއްކާވެސް ލަނޑެއްޖަހާ ލީޑު ނެގިއެވެ. ޓީމް އެޗްކިއު އިންވަނީ ނުރައްކާތެރި ތިން ބޯޅައެއް މާލޭ ޕްރިޒަންގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ގޯލް ދަނޑީގައިޖެހި ބޯޅަ ކުޅުމުގެ ތެރެއަށް އައީއެވެ.

ގްރޫޕް ސްޓޭޖްގައި މި ދެޓީމު ބައްދަލުކުރިމެޗު ކާމިޔާބުކުރީ ޓީމް އެޗްކިއު އިންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ޕްރިޒަންގެ ޖާޒީ ނަންބަރު 7 އިސްމާއީލް ޒަރީރު އެވެ.

0-02-06-ff7c9a5d816387e8568e3f4976336972bc323c335295eb351e9f06c2b5347f1c_9a597e8

ރޭގެ ސެމީފައިނަލް ދެވަނަ މެޗުގައި މާފުށީ ޕްރިޒަން އާއި ޓީމް އައްސޭރި ވާދަކުރި މެޗު ނިމިގެންދިޔައީ 1-2 ގެ ނަތީޖާއަކުން ޓީމް އައްސޭރި މޮޅުވެގެންނެވެ.

މި މެޗުގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދެޓީމުގެ ގޯލަށްވެސް އަމާޒުވެގެން ދިޔައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އައްސޭރީގެ ޖާޒީނަންބަރު 10 ހުސައިން ނާފިޒުއެވެ.

 

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *