އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2018: ޓީމް އައްސޭރި އާއި ޓީމް އެޗްކިއު މޮޅުވެއްޖެ.

ASP

އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓްގެ ފަސްވަނަ މެޗުގައި ޓީމް އައްސޭރި އާއި ހުޅުމާލޭ ޕްރިޒަން ބައްދަލުކުރިމެޗް 4-1 ން ކާމިޔާބުކުރީ ޓީމް އައްސޭރިއެވެ.

ރޭ މާފުށީ ފުޓްސަލް ގުރައުންޑްގައި ކުޅުނު މި މެޗްގައި އައްސޭރި ޓީމްގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ހުޅުމާލޭ ޕްރިޒަން ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިފައިވާއިރު ލިބުނު ފުރުޞަތުތަކުގެ ބޭނުންވަނީ ހިފޭގޮތް ނުވެފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އައްސޭރީގެ ޖާޒީ ނަންބަރު 17 ޢަލީ އެވެ.

hq

އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓްގައި ރޭ ބައްދަލުކުރި ދެވަނަމެޗްގައި މާފުށީ ޕްރިޒަން ޓީމްގެ މައްޗަށް ޓީމް އެޗްކިއުވަނީ ކުރިހޯދާފައެވެ. މިމެޗުން ޓީމް އެޗްކިއު މޮޅުވެފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗްގައި މާފުށީ ޕްރިޒަންގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ.

ރޭގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެޗްކިއުގެ ޖާޒީ ނަންބަރު 6 އަޙްމަދު އަޝްރަފް އެވެ.

މި މުބާރާތުގައި ޖުމްލަ ފަސްޓީމް ވާދަކުރެއެވެ. އެއީ މާފުށީ ޖަލުގެ ޓީމާއި ޓީމް އެޗްކިއު އާއި އައްސޭރި ޖަލާއި މާލޭ ޖަލުގެ އިތުރުން ހުޅުމާލޭ ޖަލެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *