އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2018 ގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ޕްރިޒަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އައިކޮމް ޕީއާރުސީ ފުޓްސަލް ޓޯނަމަންޓް 2018” ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ހަފްލާ ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ އެމްއެންޑީއެފްގެ މޭޖަރ އަންވަރު ޒާހިރު އެވެ. މިޙަފްލާގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ސީޕީއޯ އަބްދުލް ޣަނީ އާއި އެމްއެންޑީއެފްގެ ކެޕްޓަން އަބްދުލް ލަތީފް ޢަލީ ގެ އިތުރުން މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކުން ބައިވެރިވެފައިވެއެވެ.

މި ހަފްލާގައި މިފަހަރުގެ މުބާރާތުގައި ޓީމުތަކުން ބޭނުންކުރާނެ ޖާޒީ ތައް ދައްކާލުން އޮތެވެ.

މި މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެވެ. އެއީ މާފުށީ ޕްރިޒަން އާއި މާލޭ ޕްރިޒަން އާއި އައްސޭރި ޕްރިޒަން އާއި ޓީމް އެޗްކިއު ގެ އިތުރުން ހުޅުމާލެ ޕްރިޒަން އެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ މާފުށީ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އެޕްރީލް މަހުގެ 26 ވަނަދުވަހުގެރޭގައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާފުށީ ޕްރިޒަން އާއި މާލޭ ޕްރިޒަން އެވެ.