ޕްރިޒަން އޮފިސަރުންގެ 21 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި.

ޕްރިޒަން އޮފިސަރުންގެ 21 ވަނަ އަސާސީ ތަމްރީނު ކޯސް ކ. މާފުށީގައިހުންނަ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ޓްރެއިނިންގ ގްރައުންޑްގައި މިއަދު ފަށައިފިއެވެ.

ޕްރިޒަން އޮފިސަރުންގެ 21 ވަނަ އަސާސީ ތަމްރީނު ކޯސް ފެށުމަށް މާފުށީ ޖަލުގައި މިއަދު އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްގެ އިތުރުން އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ، އެސް.ޕީ.އޯ އަޙްމަދު ޝާހިދު އާ މާލޭ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އެސް.ޕީ މޫސާ އަންވަރު އާ އޮފެންޑަރ ސަރވިސް ޑައިރެކްޓްރޭޓްގެ ހެޑް، އެސް.ޕީ އިބްރާހިމް މުޙައްމަދު ދީދީ އާ މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ސީ.ޕީ.އޯ އަބްދުލް ޣަނީ އާ ކޮމިޝަންޑް ރޭންކުގެ އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ސީނިއާ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ކޯހުގައި 29 ފިރިހެން ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. މި ކޯހަކީ 17 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

ރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާން ކިޔަވާދެއްވީ ޕީ.އެސް.އެސް.ޖީ.ޓީ ހުސައިން އިމްރާން އެވެ. ރަސްމިއްޔާތު ތަޢާރަފްކޮށް ޝުކުރު ދެންނެވީ ޕީ.އެސް.ޖީ.ޓީ އައިމިނަތު ސުވައިދާއެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ޕްރިޒަން އޮފިސަރުންގެ ޢަޒުމް ކިޔުމުންނެވެ. އިސްވެ ޢަޒުމް ކިޔައިދެއްވީ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، އެފް.ސީ.ޕީ.އޯ މުޙައްމަދު ނިޝްވާން އެވެ.