ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯސް އިއްޔެ މާފުށި ޖަލުގައި ފަށައިފިއެވެ.

ފަސް ހަފްތާގެ މުއްދަތަށް ހިންގާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ރަޖިސްޓްރީ ކޮށްގެން ހިންގާކޯހެކެވެ.

ޖުމްލަ 20 އޮފިސަރުން ބައިވެރިވި މި ކޯހުގެ ބޭނުމަކީ އޮފިސަރުންގެ ހުނަރު ތަރައްގީކޮށް، މިދާއިރާއިން އިތުރަށް ކުރިއަށްދިއުމުގެ މަގުފަހިކޮށްދިނުމެވެ. މި ކޯސް އަމާޒުކުރެވިފައިވަނީ ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަންގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ އޮފިސަރުންނަށެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.