ސެޓްފިކެޓް 2 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރުންނަށް ތަފާތު ރޮނގުތަކުން ތަޢުލީމާއި ތަމްރީނު ދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމް ތަކުގެ ތެރެއިން “ސެޓްފިކެޓް 2 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯސް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ އެމް.ސީ.އެސް  ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ. މިކޯހަކީ ކޮންޕިއުޓަރ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހަކަށް ވާތީ، މިކަމަށް ޝައުޤުވެރިކަންހުރި ބައެއް ޤައިދީންވެސްވަނީ މިކޯހުގައި ބައިވެރިވެފައެވެ.

މި ކޯހުގައި ކިޔަވައިދޭ ބައިތަކަކީ މައިކްރޮސޮފްޓް އޮފީސް 2010 ގެ ތެރެއިން ވަރޑް، އެކްސެލް، ޕަވަރޕޮއިންޓް އަދި އައުޓްލުކްއެވެ. އަދި މީގެ އިތުރުން ކޮރަލް ޑްރޯ 7، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ސޮފްޓްވެޔަރ، ކޮމިއުނިކޭޝަން ސްކިލްސްގެ އިތުރުން އިނގިރޭސިއާއި ހިސާބުއެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.