ފަހާކޯހުގެ 5 ވަނަ ބެޗް މާފުށި ޖަލުގައި ފަށައިފި‏

މޯޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ސެޓްފިކެޓް 1 އިން ސޯވިންގ” ކޯހުގެ ފަސް ވަނަ ބެޗް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓްކޮށްފައިވާ މި ކޯހުގެ މުއްދަތަކީ ފަސް ހަފްތާއެވެ. މި ކޯހުގައި ބައިވެރިވާ ޤައިދީންނަކީ ރިހެބިލިޓޭޝަން ޕްރޭމްވަރކް ފޭސް ތިނެއްގައި ބައިވެރިވެފައިވާ އަންހެން ޤައިދީންނެވެ.

މި ކޯހުގައި ޖުމްލަ 2 މޮޑިއުލް ކިޔަވައިދޭއިރު، މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ބާލީސް، ބާލީސްއުރަ، ބެޓްޝީޓް، ރަބަރުލެއްވި ހަރުވާޅު، ސޯޓު އަދި ކުޝަން، މިންނަގާ ކަނޑާ ފަހަން ދަސްކޮށްދޭނެއެވެ. އަދި މިކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް “ސެޓްފިކެޓް 2 އިން ސޯވިންގ” ކޯހުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކް އަކީ ހަތަރު ފޭސްއެއް އެކުލެވިގެންވާ ފްރޭމްވަރކްއެކެވެ. މިގޮތުން ފޭސް ތިނެއްގައި އެކުލެވެނީ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން ތަޢުލީމާއި، ޢާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ހުނަރު ދަސްކޮށްދިނުމެވެ.