ކޮމިޝަނަރ އޮފް ޕްރިޒަންސް ޖަލަށް ޒިޔާރަތް ކުރައްވާ ޤައިދީންގެ ޙާލު ބައްލަވައިފި.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އިއްޔެ މާފުށީ ޖަލުގައި، ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް ތަކުގެ ޤައިދީންތިބޭ ޔުނިޓްތަކަށް ޒިޔާރަތްކުރައްވާ ޤައިދީންގެ ޙާލު ބައްލަވައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާ މާފުށީ ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަން، އޭއެސްޕީ ޢަބްދުﷲ އަމީން އާ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑިންގ އޮފިސަރ، ސީޕީއޯ އަބްދުލް ޣަނީ އާއި މާފުށީ ޖަލުގެ ސީނިއާ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

DSC_7907

ސީޕީ ޝިހާން ވަނީ އޮފިސަރުންގެ ޑިއުޓީ ޕޮއިންޓް ތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނުގައި ޤާއިމުކޮށްފައިވާ ވަސީލަތްތައްވެސް ބައްލަވާފައެވެ. އަދި ޤައިދީން ދަނޑުވެރިކަން ކުރާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ އެތަނުގައި ތިބި ޤައިދީންނާ ބައްދަލުކުރައްވާ ދަނޑުވެރިކަން ކުރާ ސަރަހައްދުވެސް ބައްލެވިއެވެ. އަދި ބައުންޑަރީ ވޯލްގެ މަސައްކަތް ކުރާ ސަރަހައްދަށް ޒިޔާރަތްކުރައްވާ އެތަނުގައި މަސައްކަތް ކުރާ ޤައިދީންނާ ބައްދަލުކުރައްވާ އެމަސައްކަތް ކުރަމުންދާގޮތުގެ މަޢުލޫމާތުވެސް ސީޕީ ޝިހާން ހޯއްދެވިއެވެ.