މާފުށީ ޖަލުގައި އަންހެނުންގެ ދުވަސް ފާހަގަ ކޮށްފި.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާފުށީ ޖަލުގެ ފިރިހެން އޮފިސަރުންގެ ފަރާތުން އަންހެން އޮފިސަރުންނާ މަދަނީ އަންހެން މުވައްޒަފުންނަށް ރޭ އެޖަލުގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ. މި ޙަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާ މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، ޑީއެސްޕީ މުޙައްމަދު ޠަލާލްގެ އިތުރުން އެޖަލުގެ ސީނިއާ އޮފިސަރުންނާ ހެޑް އޮފީހުގެ ސީނިއާ އޮފިސަރުންނާ މަދަނީ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

_MG_1240

ރޭގެ ޙަފްލާގައި މާފުށީ ޖަލުގެ ސީނިއާ އޮފިސަރުންގެ ފަރާތުންވަނީ ޚާއްޞަ ނެށުމުގެ ޙަރަކާތެއް ހުށައަޅާދީފައެވެ. އަދި ދުވަހުގެ މުނާސަބާގައި ވަނީ އެޖަލުގެ ފިރިހެން އޮފިސަރުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ކޭކެއް ފަޅާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ދުވަސް ފާހަގަކުރާތާ ސަތޭކައަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ތާރީޚުން އެނގޭގޮތުގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ނަވާރަސަތޭކަ އެގާރަވަނަ އަހަރުގައެވެ.