އަންހެނުންގެ ދުވަހުގެ ޙަރަކާތްތަކުގައި މާފުށީ ޖަލުގެ އަންހެން ޤައިދީން ބައިވެރިވެއްޖެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ޙަރަކާތް ތަކުގައި މާފުށީ ޖަލުގެ އަންހެން ޤައިދީން ބައިވެރިވެއްޖެއެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހެނދުނު މާފުށީ ޖަލުގެ އަންހެން ޤައިދީން ދެ ޓީމަކަށް ބަހާލައިގެން ވަނީ އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފައެވެ. މި މެޗް ކުޅުމުގެ ބޭނުމަކީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތް ތަކުގައި އެމީހުންވެސް ބައިވެރިކޮށް މުޖުތަމަޢުއަށް ލޯބި އިތުރުކުރުވާ ރައްކާތެރިކަމާއެކު އެމީހުންނަށްވެސް މިފަދަ ދުވަހެއްގައި ޙަރަކާތްތެރިވެ، އެކުވެރި މާޙައުލެއްގައި އުޅުމަށް މަގުފަހިކޮށް ދިނުމެވެ.

އެކިއެކި ފެންވަރުގައި ފާހަގަކުރާ މިފަދަ ދުވަސްތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޤައިދީން ބައިވެރި ކުރުވުމުގެ ބޭނުމަކީ އެމީހުން ބާކީ ނުކޮށް އަލުން މުޖުތަމަޢަށް ފޮނުވުމަށްޓަކައި ރިހެބިލިޓޭޓް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި މިފަދަ ކަންކަން ވެގެންދާތީއާއި އެކަންކަމުގެ ސަބަބުން ޤައިދީންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަންނާތީއެވެ.

0903-2018-0340300404238577272

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރުވަނީ މާފުށީ ޖަލުގެ އަންހެން އޮފިސަރުންނާއި އެމްސީއެސްގެ މަދަނީ އަންހެން މުވައްޒަފުން ދެޓީމަކަށް ބަހާލައިގެން އެކުވެރިކަމުގެ ފުޓްސަލް މެޗެއްވެސް ކުޅެފައެވެ.