ޕްރިސްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ޕްރިސްކޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އަހަރީ އާންމު ޖަލްސާ އިއްޔެ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މާފުށި ޖަލުގެ ލެކްޗަރ ހޯލްގައި ކުރިއަށްދިޔަ ޕްރިސްކޯގެ އަހަރީ އާންމު ޖަލްސާގައިވަނީ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށައަޅާ، ރިޕޯރޓް ފާސްކޮށް މިއަހަރަށް ޕްރިސްކޯއިން ކަނޑައަޅާފައިވާ ބަޖެޓް ހުށައަޅާ އެ ބަޖެޓް ފާސްކޮށްފައެވެ. އަދި ހިންގާ ގަވައިދަށް ގެންނަންފެންނަ އިސްލާހު ހުށައަޅައި މި ޖަލްސާގައިވަނީ ފާސްކޮށްފައެވެ.

_MG_0063

މި ޖަލްސާއަށް ޕްރިސްކޯގެ މެންބަރުންގެ ތެރެއިން ގިނައަދަދެއްގެ މެންބަރުން ހާޒިރުވެފައިވެއެވެ. އަދި މި ޖަލްސާއަށް ޙާޒިރުވި މެންބަރުންގެ އިތުރުން ޑިއުޓީގެ ގޮތުން މި ޖަލްސާއަށް ހާޒިރު ނުވެވުނު މެންބަރުންގެ މެދުގައި ވަނީ ނަސީބުވެރިއަކު ހޮވާފައެވެ. މި ނަސީބުވެރިއާއަށް ވަނީ ޕްރިސްކޯގެ ފަރާތުން ޢުމްރާ ދަތުރެއް ހަމަޖައްސަވާ ދެއްވާފައެވެ. ޢުމްރާ ދަތުރުގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ބޯޑުގެ ޗެއާމަން، ޑީސީޕީ ޙަސަން ޒިލާލްއެވެ.

މި ޖަލްސާއަކީ ޕްރިސްކޯއިން ބޭއްވި މިފަދަ ދެވަނަ ޖަލްސާއެވެ.

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއަކީ ކޯޕަރޭޓިވް ސޮސައިޓިއާ ބެހޭ ޤާނޫނުގެ 7 ވަނަ މާއްދާ އާއި ތަޢާރުޒު ނުވާނެ ފަދައިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތް ކުރެއްވި މުވައްޒަފުންތަކެއްގެ އިސް ނެންގެވުމާއެކު ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދަވައި ސޮސައިޓީގައި ބައިވެރިވާ މެމްބަރުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ މަސްލަޙަތު ކުރިއެރުވުމާއި ސޮސައިޓީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި، ހިންގާ ކޮމެޓީގެ ބޯރޑް މެމްބަރުންގެ ނިންމެވުމާ އެއްގޮތަށް ކަންކަން ނިންމަމުންދާ  ސޮސައިޓީއެކެވެ.