އައްސޭރި ޖަލުގެ ވޭތުވެދިޔަ އަހަރުގެ އެންމެ ރަނގަޅު އޮފިސަރުންނަށް ހަނދާނީ ލިޔުން ދީފި

އެންމެ ހަށިހެޔޮ އޮފިސަރަށް ޑީ.ސީ.ޕީ ޒިލާލް، ހަނދާނީ ފިލާ ޙަވާލުކުރައްވަނީ-
އެންމެ ހަށިހެޔޮ އޮފިސަރަށް ޑީ.ސީ.ޕީ ޒިލާލް، ހަނދާނީ ފިލާ ޙަވާލުކުރައްވަނީ-

އައްސޭރި ޖަލުގައި ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން އެންމެ ރަނގަޅު އޮފިސަރުންނަށް ހަނދާނީލިޔުމާއި ހަނދާނީ ފިލާ ދީފިއެވެ.

ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ އައްސޭރި ޖަލުގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ އައްސޭރި ޖަލުގައި ބޭއްވި ހާއްސަ ހަފްލާގައެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ. އަދި މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާ ޖަލުތަކުގެ ޑައިރެކްޓަރުންނާ، އެސްއެމްޓީ ތަކުގެ އިތުރުން އައްސޭރި ޖަލުގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވެފައިވެއެވެ.

ކީރިތި ޤުރުއާންގެ ބަރަކާތުން މި ހަފްލާ ފަށްޓަވާދެއްވީ ޕްރިޒަން ސާޖަންޓް އަބްދުލް ޣަނީ އެވެ. އެއަށްފަހު ހަފްލާ ތައާރަފްކޮށް ޝުކުރު ހައްގުވާ ފަރާތްތަކަށް ޝުކުރު ދެންނެވީ ޕްރިޒަން ސްޓާފް ސާޖަންޓް އަބްދުﷲ އާމިރުއެވެ.

_MG_9911

މި ހަފްލާގައި ވަނީ އައްސޭރި ޖަލަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނާ ހާޟިރީއަށް އެންމެ ރަނގަޅު އޮފިސަރުންނަށް ހަނދާނީލިޔުން ހަވާލުކޮށްފައެވެ. އަދި އައްސޭރި ޖަލަށް އެހީތެރިކަން ފޯރުކޮށްދިން ހާއްސަ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނާއި އުމުރުފުރާތަކުން އެންމެ ހަށިހެޔޮ އޮފިސަރުންނަށް ރޭގެ ހަފްލާގައިވަނީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާވެސް ހަވާލުކޮށްފައެވެ.

މި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ރޭގަނޑުގެ ފަރިއްކޮޅާ އެކުއެވެ.

އައްސޭރި ޖަލަކީ ޤައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ދޫކުރުމަށްޓަކައި އެމީހުންނަށް މަސައްކަތް ދަސްކޮށްދީ އެމީހުންލައްވާ މަސައްކަތް ކުރުވާ ޖަލެކެވެ. އެގޮތުން ދަސްކޮށްދެވޭ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރުމަށާއި ރޭނުމުގެ މަސައްކަތް ތަކާއި ވަޑާން ކުރުމުގެ މަސައްކަތްތަކުގެ އިތުރުން ވޮކޭޝަނަލް މަސައްކަތްތަކާއި ވެލްޑިންގކުރަން ދަސްކޮށްދިނުމާއި އިލެކްޓްރިކަލް މަސައްކަތްތައް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *