މާފުށީ ޖަލުގެ ޕެރިމީޓަރ ސާފުކުރުމުގެ މަސައްކަތް ކޮށްފި

1

މާފުށީ ޖަލާއި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގުޅިގެން މާފުށީ ޖަލުގެ ޕެރިމީޓަރ ސާފުކުރުމުގެ މަސައްކަތް އިއްޔެ އެޖަލުގައި ކޮށްފިއެވެ.

އިއްޔެ ހަވީރު ފެށި މި މަސައްކަތުގައި މާފުށީ ޖަލުގެ ގިނައަދަދެއްގެ އޮފިސަރުން ނުކުމެ، ބޮޑުސަރަހައްދެއް ވަނީ ސާފުކޮށް ނިންމާފައެވެ.

2

މި މަސައްކަތް ކުރަމުންދިޔަ ވަގުތު އެ މަސައްކަތް ބައްލަވާލެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެސަރަހައްދަށް ވަނީ ޒިޔާރަތް ކުރައްވާ، މަސައްކަތް ބައްލަވާލައްވާފައެވެ.

ޕެރިމީޓަރ ސަރަޙައްދަކީ ގާތްގަނޑަކަށް 1.5 ކިލޯ މީޓަރގެ ސަރަހައްދަކަށްވާއިރު މި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތަކީ އިޖްތިމާއީ ހަރަކާތެއްގެ ގޮތުން ވަރަށް ޖޯށާއި ފޯރީގައި މާފުށީ ޖަލުގެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތެކެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *