މާފުށި ޖަލުގެ ބައުންޑަރީ ވޯލް ޕްރޮޖެކްޓް

މާފުށި ޖަލުގެ ބައުންޑަރީ ވޯލް ޕްރޮޖެކްޓް މަސައްކަތް ސީޕީ އާ ޑީސީޕީ ބައްލަވާލައްވަނީ

މާފުށީ ޖަލުގެ ބައުންޑަރީ ވޯލް ޕްރޮޖެކްޓްގެ މަސައްކަތް ސީޕީ ޝިހާން އާ ޑީސީޕީ ޒިލާލް މިއަދު ބައްލަވާލައްވައިފިއެވެ.

20 ފޫޓް އުސް، 1.4 ކިލޯ މީޓަރު ދިގު މިފާރުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި ފާރަކީ ފުލް ކޮންކްރީޓް ފާރެކެވެ. ބައުންޑަރީ ވޯލްގެ މަސައްކަތަކީ ޤައިދީން ބޭނުންކޮށްގެން ކުރަމުން ގެންދާ މަސައްކަތެކެވެ.

cp

ޖަލު އެލާޓް ހާލަތުގައިވެސް، ޖަލުގައި ކުރިއަށް ގެންދާ މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ މި މަސައްކަތަކީ ޖަލުގެ ސަލާމަތާ ގުޅުންހުރި މަސައްކަތަކަށް ވާތީއެވެ. އަދި ޤައިދީން ރިހެބިލިޓޭޓް ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަކީ ވަރަށް އިސްކަމެއް ދީގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.

dcp

މި ފާރުގެ މަސައްކަތަކީ ޖަލުގެ ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.