މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުޞަތު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވާ އިޢުލާނުގައި އެސިސްޓަންޓް ލީގަލް އޮފިސަރގެ މަޤާމަށާއި އެސިސްޓަންޓް ސިވިލް އޮފިސަރގެ މަޤާމަށް މުވައްޒަފުން ބޭނުންވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 18 ފެބްރުއަރީ 2018  ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުމަށެވެ.

މި މަގާމުތަކުގެ އިއުލާންތައް ވަނީ އެމްސީއެސްގެ ވެބްސައިޓް www.corrections.gov.mv ގައި އާއި ދިވެހިރާއްޖޭގެ ގެޒެޓް http://www.gazette.gov.mv/  ގައި ޝާއިއުކުރެވިފައެވެ.