އައިޓީ އާ ގުޅޭ މައުލޫމާތު ސެޝަނެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީހުގައި މަސައްކަތްކުރާ އޮފިސަރުންނަށާއި މުވައްޒަފުންނަށް އިންފޮރމޭޝަން ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު ސެޝަނެއް މިއަދު އެ އޮފީހުގައި ބާއްވައިފިއެވެ.

މި ސެޝަންގައި އައިޓީ ސެކްޝަނުން ކުރިއަށްއޮތްތާންގައި އަމަލުކުރާނެ ސިޔާސަތު ވަނީ ބައިވެރިންނާ ހިއްސާ ކޮށްފައެވެ. އަދި ކޮމްޕިއުޓަރ ނެޓްވަރކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި މެއިލް ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކުގެ މައުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ. އަދި ބައިވެރިން ކުރި ސުވާލުތަކަށްވެސް މި ސެޝަންގައި ވަނީ ޖަވާބުދީފައެވެ.

_MG_9340

މި މައުލޫމާތު ސެޝަންއަކީ އެމްސީއެސްގެ އައިޓީ ސެކްޝަން އާއި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ގުޅިގެން ހިންގި ސެޝަނެކެވެ. މި ސެޝަންގައި މައުލޫތު ދެއްވާފައިވަނީ އެމްސީއެސްގެ ނެޓްވަރކް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް މުޙައްމަދު ޢަލީ އާއި ސޮފްޓްވެއަރ ޑިވެލޮޕަރ އިބްރާހިމް ޢަބްދުލް ރަޝީދުއެވެ.