މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއެއް ނިޔާވެއްޖެ

މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުންދިޔަ ޤައިދީއެއް މިރޭ ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހ. ރެދަން، އުމުރުން 30 އަހަރުގެ އަހުމަދު އިރުޝާދު އެވެ.

ޑޮކްޓަރު ވިދާޅުވީ އޭނާ ނިޔާވެފައިވަނީ ހިތް ހުއްޓިގެން ކަމަށެވެ.

އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ގެންދާ ޤައިދީއެކެވެ.