އެމް.ސީ.އެސް އަހުލުވެރި މަރުކަޒުން އެންމެ ފާހަގަ ކޮށްލެވޭ ޤައިދީންގެ އަގުވަޒަންކޮށްފި.

_MG_7726

އެމް.ސީ.އެސް އަހުލުވެރި މަރުކަޒުން އެންމެ ފާހަގަ ކޮށްލެވޭ ޤައިދީންގެ އަގުވަޒަންކޮށްފިއެވެ. އެ ޤައިދީންގެ އަގުވަޒަންކޮށްފައިވަނީ އެމްސީއެސް އަހުލުވެރި މަރުކަޒުގެ 3 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ އެ މަރުކަޒުގައި ބޭއްވި ހަފުލާގައެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ. މި ހަފުލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި އެމްސީއެސް އަހުލުވެރި މަރުކަޒުގެ ކޯޑިނޭޓަރ އާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން އެމްސީއެސްގެ ކޮމިޝަންޑް ރޭންކުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

_MG_7812

މި ހަފުލާގައި ވޭތުވެދިޔަ އަހަރު ހާޒިރީއަށް އެންމެ ރަނގަޅު އޮފިސަރުންނަށާއި އެމްސީއެސް އަހުލުވެރި މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި އެ މަރުކަޒުން އެންމެ ރަނގަޅު ޤައިދީންގެ ގޮތުގައި ފާހަގަކޮށްފައިވާ 6 ޤައިދީއަށްވަނީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްފައެވެ.

މި ހަފުލާ ކުރިއަށް ދިޔައީ ރޭގަނޑުގެ ފަރިއްކޮޅަކާއެކުއެވެ. އަދި ފަރިއްކޮޅު ކުރިއަށްދިޔަ ވަގުތު ވޭތުވެދިޔަ އަހަރު އެ މަރުކަޒު ހިނގާދިޔަގޮތާގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ދައްކާފައެވެ. މި ހަފުލާގައި މަންދީރަ ބޮޑުބެރު ގުރޫޕުގެ ފަރާތުން ވަނީ މުނިފޫހި ފިލުވުމުގެ އައިޓަމްތަކެއްވެސް ހުށައަޅައި ދީފައެވެ.

އެމް.ސީ.އެސް އަހުލުވެރި މަރުކަޒަކީ ގައިދީން އިސްލާހުކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމައުއަށް ދޫކުރުމަށް އެމްސީއެސްއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު ދައުރެއް އަދާކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ. އެގޮތުން ގައިދީންގެ “ރިހެބިލިޓޭޝަން ފްރޭމްވަރކް” ގެ 4 ވަނަ ފޭސް ކުރިއަށް ގެންދަނީ މި މަރުކަޒުގައެވެ. އަހުލުވެރި މަރުކަޒަކީ އެކިއެކި ކުންފުނިތަކާ ގުޅިގެން ގައިދީންނަށް އެލަވަންސް ވަޒީފާގެ ފުރުސަތު ލިބޭތަނެއްގެ ގޮތުގައިވަނީ ހަމަޖައްސާފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *