އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއެއް ނިޔާވެއްޖެ

އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއެއް ކ. ހިންމަފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 03:30 ހާއިރު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ސ. ހިތަދޫ، ހަވާސާ އުމުރުން 31 އަހަރުގެ އިބްރާހިމް މުސްތާގުއެވެ.

އޭނާ ކ. ހިންމަފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ މޭދަށަށް ތަދެއް އަރާތީ އައްސޭރި ޖަލުގެ ޑޮކްޓަރު ބެއްލެވުމަށްފަހު އިތުރަށް ފަރުވާ ބޭނުންވާތީއެވެ. ޑޮކްޓަރު ވިދާޅުވީ އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

އޭނާއަކީ ވައްކަމުގެ މައްސަލައެއްގައި ތިންއަހަރާއި ހަ މަހުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ޤައިދީއެކެވެ.