20ވަނަ ރެކްރޫޓް ބެޗުން ފާސްވި އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދިޔަ “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް″ ގެ 02 ވަނަ ބެޗުން ފާސްވި އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު މާފުށި ޖަލުގައި ރޭ ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދުއެވެ.

_MG_5723

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސްޕީއޯ އަޙްމަދު ޝާހިދުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް ރޭންކުތަކުގެ އޮފިސަރުންނާއި ގިނައަދަދެއްގެ ޕްރިޒަން އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ކޯހުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ޝަރަފުވެރި މެހެމާންގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއެވެ.

“ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 02” ގައި ބައިވެރިވި 29 އޮފިސަރުން ވަނީ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ޙާޞިލްކޮށްފައެވެ.

“ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް 02″ ގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރަކަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޢަބްދުﷲ ނަޒީފްއެވެ.

_MG_5871

މިކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅޭ ކޮންމެ ޕްރިޒަން އޮފިސަރަކު  ފުރިހަމަކުރަންޖެހޭ ކޯހެކެވެ. ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ 4 ސެމިސްޓަރ އަކަށް ބަހާލައިގެންނެވެ. އެގޮތުން ސެމިސްޓަރ އެކެއް ހާއްސަކޮށްފައިވަނީ ފިޒިކަލް އަދި ޕްރެކްޓިކަލް ކްލާސްތަކަށެވެ. ދެވަނަ ސެމިސްޓަރ ހާއްސަ ކޮށްފައިވަނީ ގާނޫނާއި ގަވާއިދު ތަކާއި ލޯކަލް އޯޑަރތަކާއި މެނުއަލް ތައް އުނގަންނައިދިނުމުގެ މައްޗަށެވެ. ތިންވަނަ ސެމިސްޓަރ ހާއްސަކޮށްފައިވަނީ ފުރަތަމަ އަދި ދެވަނަ ސެމިސްޓަރގައި އުނގަންނައިދީފައިވާ ކަންކަން ތަޖުރިބާ ކުރުމުގެގޮތުން ސިނާރިއޯތަކާއި ވާރކްޕްލޭސް އޮބްޒަވޭޝަން ކްލާސްތައް ކުރިއަށް ގެންދިއުމަށެވެ. އަދި ހަތަރުވަނަ ސެމިސްޓާ ހާއްސަ ކޮށްފައިވަނީ އަމަލީގޮތުން ޖަލުތަކުގައި މަސައްކަތް ކުރުވުމަށެވެ.