ނަސްރުގެ ދުވަސް 2017

އެންމެހާ ރިވެތި ޘަނާއާއި ތަޢުރީފު ޙައްޤުވަނީ ޝަހީދުވުމަކީ އަޅުކަމެއްކަމުގައި ލެއްވި ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ދުޝްމިނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި، އިސްލާމީ އުންމަތަށް ނަޞްރު ހޯއްދަވައި ދެއްވި މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ. މި ޞަލަވަތާއި ސަލާމުގައި ޖިހާދު ކުރުމުގެ މަތިވެރި ދަރަޖަ ލިބިފައިވާ އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލް ކުރަމުއެވެ.

މިއަދަކީ މި ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސްކަމުން، މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްއަށް އަރިސް ކުރަމެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަޙްމަދު ޝިޔާމް އަށާއި ދިވެހި ޤައުމު ދިފާޢުކުރުމަށް ތިއްބެވި ހިތްވަރުގަދަ ދިވެހި ސިފައިންނަށާއި އެންމެހާ ދިވެހިންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު އަރިސްކުރަމެވެ.

އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ 1988 އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މި ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރި ކުރެއްވުމަށާއި، މި ޤައުމު މިނިވަންކަންމަތީ ބޭއްވުމަށް ޖިހާދުކުރައްވާ، ދީނުގެމަގުގައި ޝަހީދުވި އެންމެހާ ދިވެހިންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުމެވެ. އަދި އެދުވަހު ޝަހީދުވީ އެންމެހާ ދިވެހިންގެ ލޮބުވެތި ޢާއިލާތަކަށް ކެތްތެރިކަމާއި ތަނަވަސްކަންދެއްވުމެވެ. އަދި ކީރިތިވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ދިވެހިން ދިވެހީންގެ ގޮތުގައި މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން