ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޔޫއެސް އެމްބަސީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

IMG_9587

އެމްބަސީ އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޕޮލިޓިކަލް އޮފިސަރ މސ. ސުޗޭތާ ޝަރުމާއާއި ރީޖަނަލް ސެކިއުރިޓީ އޮފިސަރ މރ. ބޯން ސުންޑޭ އަދި ކައުންޓަރ ޓެރަރިޒަމް ބިއުރޯގެ އެނަލިސްޓް މސ. ޓްރޭސީ ސްވާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި އޫއެސް އެމްބަސީގެ ފަރާތުން ސްޕެޝަލް އޭޖަންޓްސް ގްރެގަރީ ފްރޭ އަދި މައިކަލް އޯޓިސް، އިންފޮމޭޝަން ސަޕޯޓް ޓީމް މެންބަރުން މރ. ސްޓީވަން ޕާކްސްޓޯން، މރ. ޝޯން އަޔަރލެންޑް އަދި މސ. ކެލީ ޖޮންގ ވެސް ބައިވެރިވެލެއްވިއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި ކައުންޓަރ ޓެރަރިޒަމް އާއި ޕްރިޒަން އޮފިސަރުންނަށް ބޭނުންވާ އެކިއެކި ތަމްރީނު ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *