ޕްރިޒަނާސް ކަޕް 2017

އައްސޭރި ޖަލުގެ ޤައިދީންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތް މިއަދު އެޖަލުގައި ފަށައިފިއެވެ. މި މުބާރާތް ކުރިއަށްދާނީ އައްސޭރި ޖަލުގެ ފުޓްބޯޅަ ދަނޑުގައެވެ.

މުބާރާތް ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އެސް.ޕީ މުހައްމަދު ޝާހީން އަލީ ގެ އިތުރުން ޑީއެސްޕީ އިބްރާހިމް ނާޝިދު އާއި އައްސޭރި ޖަލުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތުގައި 8 ޓީމު ވާދަކުރެއެވެ. މުބާރާތް ކުރިއަށްދާނީ މި އަށްޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރުކުޅެ، ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ސެމީ ފައިނަލްކުޅެ، ސެމީފައިނަލް މެޗުން މޮޅުވާ ދެޓީމު ފައިނަލް ކުޅޭގޮތަށެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 3 ވަނަދުވަހުއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ހާއްސަކޮށް މިފަދަ ކުޅިވަރު މުބާރާތްތަކާއި ތައުލީމީ އަދި ތަމްރީން ޕްރޮގްރާމްތައް ރާވާ ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ގައިދީން ރިހެބިލިޓޭޓްކުރުމާއި އެމީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމެވެ.