‏އެގްރިކަލްޗަރ ފެއަރ 2017‏

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން މާފުށީގައި “އެގްރިކަލްޗަރ ފެއަރ 2017” ނަމުގައި ފެއަރ އެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 09:00 ގައި ފެށި މި ފެއަރއަށް ގިނަބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. މިފެއަރގައި ބަގީޗާގަހާއި މިރުސްގަހުގެ އިތުރުން ޖަލުގައި ޤައިދީން ހައްދާ ކޮޕީފަތާއި ތަރުކާރީގެ ބާވަތްތައްވެސް ބަހައްޓާފައި ހުއްޓެވެ. ބަގީޗާ ގަސްތަކާއި މިރުސްގަސްތަކަކީވެސް ޤައިދީންގެ މަސައްކަތުން ހައްދާފައިވާ ގަސްތަކެކެވެ.

ފެއަރގައި ބެހެއްޓި ތަރުކާރީ އެއްކޮށް ހުސްވެފައިވާއިރު ބަގީޗާ ގަހާއި މިރުސްގަސް ތަކުގެ ބޮޑުބައިވަނީ ވިކި ހުސްވެފައެވެ.

މި ފެއަރ އަށް މާފުށިން ބޮޑު ތަރުހީބެއް ލިބިފައިވުމުން ކުރިއަށްއޮތް ތާންގައި އިތުރު ފެއަރއެއް ބޭއްވުމަށް އެ ޖަލުން ގެންދަނީ ތައްޔާރުވަމުންނެވެ.