‏އައިޓީ އަދި މަލްޓިމީޑިއާ ބޫޓްކޭމްޕެއް ބާއްވައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އައިޓީ އަދި މަލްޓިމީޑިއާ މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނާއި ސިވިލް އޮފިސަރުންނަށް “އިންފޮމޭޝަން ޓެކްނޮލޮޖީ، މަލްޓިމީޑިއާ އެންޑް އިވެންޓް މެނޭޖްމަންޓް” ގެ ނަމުގައި އިއްޔެ މާފުށީ ޖަލުގައި ބޫޓްކޭމްޕެއް ބާއްވައިފިއެވެ.

_MG_3990 1

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ބޫޓްކޭމްޕްގައި ކޮމްޕިއުޓަރ ނެޓްވަރކްސް އެންޑް ހާޑްވެއަރ، ޓްރަބަލް ޝޫޓިންގ، އޯޑިއޯ އިންޖިނިއަރިންގގެ އިތުރުން މަލްޓިމީޑިއާ އާއި އިވެންޓް މެނޭޖްމަންޓްގެ ދާއިރާއިން ވަނީ ބައިވެރިންނަށް މަޢުލޫމާތު ދީފައެވެ.

_MG_3953 1

މި ބޫޓްކޭމްޕްއަކީ އެމްސީއެސްގެ އައިޓީ ސެކްޝަންއާއި އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގުޅިގެން ކުރިއަށް ގެންދިޔަ ބޫޓްކޭމްޕެކެވެ. މި ބޫޓްކޭމްޕްގައި މައުލޫތު ދެއްވާފައިވަނީ އެމްސީއެސްގެ ސޮފްޓްވެއަރ ޑިވެލޮޕަރ އިބްރާހިމް ޢަބްދުލް ރަޝީދުއާއި އޯޑިއޯ އިންޖީނިއަރިންގ ގެ ދާއިރާއާއި މަލްޓިމީޑިއާ ދާއިރާގެ ދެ ތަޖުރިބާކާރުން ކަމުގައިވާ ފަތުހުﷲ ޢަބްދުލް ފައްތާހުއާއި ސަމާހު މައުސޫފްއެވެ.