ޓީޗަރުންގެ ދުވަސް

cp greetings

الحمد لله رب العالمين والصلاة والسلام على أشرف الخلق أجمعين  محمد صلى الله عليه وسلم وعلى آله أجمعين

ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ އެންމެހާ ޓީޗަރުންނަށް އަރިސްކުރަމެވެ.

ޓީޗަރުންނަކީ ކިޔަވައިދިނުމުގެ މާހިރުންނެވެ. ޓީޗަރުންނަކީ ކުށްމަދު ޖީލެއް ބިނާކުރުމަށް އެންމެ މުހިންމު މަސައްކަތެއް ކުރާ އެއްބައެވެ. ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަކީ ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށް ވެއްޖެނަމަ، އެކަމުގެ މަންފާ ހުރިހާ ދަރިވަރުންނަށާއި މުޅި މުޖުތަމަޢަށް ކުރާނެއެވެ.

ސްކޫލުންނާއި ބެލެނިވެރިންވެސް ބޭނުންވާނީ މުދައްރިސުންގެ ފަރާތުން އަބަދުވެސް ތެދުވެރިކަމާއެކު އަޚްލާގު ރަގަޅު ޖީލެއްބިނާކުރުމުގެ މަސައްކަތަށް ކުރިއެރުން އައުމުގެ ފޮނި ހުވަފެން ޙަޤީގަތަކަށް ހެދުމެވެ. ސްކޫލު ނިންމާ ކޮންމެ ދަރިވަރަކީ އިސްލާމީ ދިވެހި މުޖުތަމަޢުގައި ބައިވެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން އެ ދަރިވަރަކީ ބޭނުންހިފޭ ދަރިވަރަކަށް ހަދައި ދިނުމެވެ.

މުޖުތަމައެއްގައި ޓީޗަރުންނަކީ މުހިންމު ބަޔަކަށްވަނީ އެމީހުންނަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިންމު މަސްޢޫލިއްޔަތު އަދާކުރަމުންގެންދާ ބަޔަކަށް ވާތީއާއި ރަނގަޅު ނަމޫނާ ދައްކަންޖެހޭ ބަޔަކަށް ވާތީއެވެ. އަދި އެމުޖުތަމައެއްގެ ހަމަޖެހުމާއި ރައްކާތެރިކަންވެސް ބިނާވެފައިވަނީ ޓީޗަރުން ދައްކާ ނަމޫނާގެ މައްޗަށެވެ. ހަމަ އެއާއެކު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީގެން މެނުވީ ފުދުންތެރި ދިރިއުޅުމެއް ބިނާއެއް ނުކުރެވޭނެއެވެ.

05 އޮކްޓޯބަރު 2017

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *