އިމަޖެންސީކޮށް މާލެގެނެސް އެޑްމިޓްކުރި ޤައިދީ ހޮސްޕިޓަލުން ދޫކޮށްލައިފި

އިއްޔެގެ ވަގުތެއްގައި ހާލުދެރަވެގެން މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކުރި ޤައިދީ މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ސްޓްރޯކެއް ޖެހިގެން އިއްޔެގެ ވަގުތެއްގައި މާލެ ގެނެސްފައިވަނީ 20 އަހަރުގެ ޖަލު ޖުކުމެއް ތަންފީޒު ކުރަމުންގެންދާ އުމުރުން 47 އަހަރުގެ ޤައިދީއެކެވެ.

މިއީ މީނާއަށް ސްޓްރޯކް ޖެހުނު ދެވަނަ ފަހަރެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން މީނާވަނީ އައްސޭރިޖަލަށް ބަދަލުކޮށްފައެވެ.