ރޮހިންޔާ މުސްލިމުންނަށް އެމްސީއެސްގެ އޮފިސަރުންގެ ފަރާތުން އެހީވެއްޖެ.

މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް އެހީވުމުގެ ގޮތުން “ރޮހިންޔާ މުސްލިމުންނާއެކު ދިވެހިން” މިޝިއާރުގެ ދަށުން، ހިންމަފުށީ ކައުންސިލުން ކުރިއަށްގެންދިޔަ ފަންޑް ރެއިޒް ކުރުމުގެ ހަރަކާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބައިވެރިވެއްޖެއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފެށި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން އައްސޭރި ޕްރިޒަންގައި ބެހެއްޓި ފަންޑު ފޮށްޓަށް މިރޭގެ 18:30 އާއި ހަމައަށް 8220.14 (އަށްހާސް ދުއިސައްތަ ވިހިރުފިޔާ ސާދަ ލާރި) ލިބުނެވެ. މިހާރު ވަނީ މިފައިސާ ހިންމަފުށީ ކައުންސިލް އާއި ހަވާލުކުރެވިފައެވެ.

މިއަދު ހިންމަފުށީގައި އޮތް ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ މެޗު ކުރިއަށްދިޔަ ގަޑީގައި މި ފަންޑު ފޮށި  ހިންމަފުށީ ފުޓްބޯޅަ ދަނޑުގައިވެސް ވަނީ ބަހައްޓާފައެވެ.

ހިންމަފުށީ ކައުންސިލުން ކުރިއަށްގެންދާ އިޖުތިމާއީ އެކިއެކި ހަރަކާތްތަކުގައި އެމްސީއެސް އިން ބައިވެރިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަބަދުވެސް ދެކެނީ ޖަލުތައް ހުންނަ ރަށްރަށުގެ ރައްޔިތުންނަކީ އަވަށްޓެރިން ކަމުގައެވެ.