ޤައިދީއެއް އިމަޖެންސީކޮށް މާލެ ގެނެސްފި.

ޤައިދީއެއް ހާލުދެރަވެގެން މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވީ ސްޓްރޯކެއް ޖެހުނީކަމަށެވެ.

ސްޓްރޯކް ޖެހިފައިވަނީ 20 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ އުމުރުން 47 އަހަރުގެ ޤައިދީއަކަށެވެ.

މީގެ ކުރިންވެސް މީނާއަށްވަނީ ސްޓްރޯކެއް ޖެހިގެން ފަރުވާދީފައެވެ.

މީނާއަކީ އައްސޭރި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންގެންދާ ޤައިދީއެކެވެ.