ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017: ދެވަނަބުރުގެ ތިންވަނަމެޗް ކާމިޔާބުކުރީ މާފުށީ ޕްރިޒަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ތިންވަނަ މެޗް، ޓީމް އައްސޭރިއާއި ވާދަކޮށް 1-0 ން މާފުށި ޕްރިޒަން ކާމިޔާބުކޮށްފިއެވެ.

މި މެޗްގައި މާފުށި ޕްރިޒަން އިން ޖެހި ހަމައެކަނި ގޯލް ފަހުހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިއަދުގެ މެޗުގައިވެސް މޮޅުކުޅުމެއް ކުޅުނު ޖައިލަމް ޖަމީލެވެ. ޖައިލަމްއަކީ މި މުބާރާތުގައި މޮޅު ކުޅުމެއް ކުޅެމުންގެންދާ ކުޅުންތެރިއެކެވެ. މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މާފުށި ޕްރިޒަން ޓީމްގެ ޖައިލަމް ޖަމީލެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެ މެޗްގައި ބައްދަލުކުރާނީ ޓީމް އެޗްކިއު އާއި އީއެސްޖީއެވެ.