‏ޕީ.އާރު.ސީ ފުޓްބޯލް ޓޯނަމަންޓް 2017: ދެވަނަބުރުގެ ފުރަތަމަ މެޗް އެއްވަރު‏

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން ހިންމަފުށީގައި ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި އީއެސްޖީ އާއި މާފުށީ ޕްރިޒަން ބައްދަލުކުރި މެޗް 1-1 އިން އެއްވަރު ވެއްޖެއެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި އީއެސްޖީ ޓީމުގެ ހުސެއިން ސީނިޔާޒް ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުނުއިރު މާފުށީ ޕްރިޒަން ޓީމަށް ލަނޑެއްޖެހިފައިނުވިނަމަވެސް، ދެވަނަ ހާފްގައި މާފުށީ ޕްރިޒަން ޓީމުގެ އަޙްމަދު ނައުފަލް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މާފުށީ ޕްރިޒަން ޓީމް މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮށްފައިވަނީ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވެ، ލިބުނު 12 ޕޮއިންޓާ އެކު ޓޭބަލްގެ އެއްވަނައިގައި އޮވެގެންނެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އީއެސްޖީގެ އަމްޖަދު އަލީއެވެ.

ދެވަނަ ބުރުގެ ދެވަނަ މެޗް ކުޅޭނީ މާދަމާއެވެ. މި މެޗްގައި ބައްދަލުކުރާނީ ޓީމް އެޗްކިއު އާއި ޓީމް އައްސޭރި އެވެ.