ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017: މާލޭ ޕްރިޒަން ފުރަތަމަބުރު ނިންމާލީ މޮޅަކުން

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ނުވަވަނަ މެޗުގައި މިއަދު ހަވީރު ޓީމް އެޗްކިއުއާއި ވާދަކޮށް 1-2 އިން މާލޭ ޕްރިޒަން މޮޅުވެއްޖެއެވެ.

މިއަދުގެ މެޗުގައި މާލޭ ޕްރިޒަންއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ލީޑުގައި އޮތީ ޓީމް އެޗްކިއު އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހަމްދޫން ރަޝީދުއެވެ. ނަމަވެސް ދެވަނަ ހާފުފެށިގެންދިޔައީ މާލޭ ޕްރިޒަން ޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފު ފެށިގެން މާގިނައިރެއްނުވެ، މާލޭ ޕްރިޒަންއިން ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި މެޗުގައި މާލޭ ޕްރިޒަންއިން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރާއިދު އަބޫބަކުރުއެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މާލޭ ޕްރިޒަން ޓީމުގެ ރާއިދު އަބޫބަކުރުއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ މެޗްގައި ބައްދަލުކުރާނީ އީއެސްޖީ އާއި ޓީމް އައްސޭރިއެވެ.

މި މުބާރާތަކީ އެމް.ސީ.އެސްގެ އޮފިސަރުންނާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫޙް އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި، މުވައްޒަފުން ޝަޢުޤުވެރިކުރުވުމާއި، އެމްސީއެސް ގައިތިބި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުމަށް، އެ ކުޅުންތެރިންނަށް ފުރުޞަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝަޢުޤުވެރިވާ އޮފިސަރުންނާއި، މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ، ކުރިޔަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމް.ސީ.އެސް ގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.