ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017: ޓީމް އެޗްކިއު ބަލިކޮށް އީއެސްޖީ ދެވަނަބުރަށް

ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރުކުޅުނު މެޗް ޓީމް އެޗްކިއުގެ މައްޗަށް 1-3 ގެ ނަތީޖާއަކުން އީއެސްޖީ ކުރިހޯދައި މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއަދުގެ މެޗުގައި އީއެސްޖީ އިން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖަހާފައިވަނީ އީއެސްޖީ ޓީމުގެ އަލީ އަސްރަތު އެވެ. ދެވަނަ ލަނޑު ޖަހައިދިނީ އަހުމަދު ޔަޒީލް އެވެ. އަދި ތިންވަނަ ލަނޑު ޖަހާފައިވަނީ އަހުމަދު ސާމިން އެވެ. މި މެޗްގައި ޓީމް އެޗްކިއު އިން ޖެހި ހަމައެކަނި ލަނޑު ފަހުހާފުގައި ޖަހައިދިނީ އެޓީމުގެ އަހުމަދު މައުރޫފުއެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އީއެސްޖީ ޓީމުގެ އަމްޖަދު އަލީއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ މެޗްގައި ބައްދަލުކުރާނީ ޓީމް އައްސޭރި އާއި މާފުށީ ޕްރިޒަން އެވެ.