ބީއެމްއެލް އިން މާފުށީ ޖަލުގައި އިންޓަރނެޓް ބޭންކިންގ އިވެންޓެއް ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގެ އޮފިސަރުންނަށް ބޭންކް އޮފް މޯލްޑިވްސްއިން އިންޓަރނެޓް ބޭންކިންގ އިވެންޓެއް އިއްޔެ ބާއްވައިފިއެވެ.

މި އިވެންޓްގެ ބޭނުމަކީ މާފުށީ ޖަލުގެ އޮފިސަރުންގެ ތެރެއިން މިހާތަނަށް އިންޓަރނެޓް ބޭންކިންގގެ ހިދުމަތް ނުހޯދާ އޮފިސަރުން ބޭންކްގެ ބްރާންޗަކަށް ނުގޮސް، އެ ހިދުމަތަށް ފަސޭހައިން އެދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

މާފުށީގައި ހުންނަ ބީއެމްއެލްގެ ގޮތްޕާއި ގުޅިގެން ކުރިއަށް ގެންދިޔަ މި އިވެންޓްގައި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

އަދި އަންނަ ހަފްތާގައި އެމްސީއެސްގެ ހެޑް އޮފީހުގައި ވެސް އިންޓަނެޓް ބޭންކިންގ އާއި ގުޅޭ މައުލޫމާތު ދިނުމާއި އެ ހިދުމަތް ހޯދަން އެދޭ ފަރާތްތަކަށް އޮފީހުގައި ތިބެގެން އެ ހިދުމަތަށް އެދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.