ޢީދު ތަހުނިޔާ 1438

މި ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އަށާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަހުމަދުގެ ދެކަނބަލުންނަށާއި އެންމެހާ ޕްރިޒަން އޮފިސަރުންނަށާއި މި ސަރވިސްގައި މަސައްކަތް ކުރައްވާ އެންމެހާ ސިވިލް ސްޓާފުންނަށާއި އާއިލާތަކަށާއި ދިވެހި އަޚުންނާއި އުޚްތުންނަށް އަރިސްކުރަމެވެ.

މި ޢީދުގެ އުފާ އަޅުގަނޑުމެން ފާހަގަ ކުރަމުން ދާއިރުވެސް އަޅުގަނޑުމެންނަކީ ކުށް ކުރުމުން ދުރުވެތިބޭ ބަޔަކަށް ވުމަކީ އަމާންކަމާއި، އޮމާންކަމާއެކު ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. އަޅުގަނޑުމެންނަށް މިފަދަ ޢީދުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނީ ކުށްކުރުމުން ދުރުވެހުރެ، އެކަކު އަނެކަކަށް އިޙްތިރާމް ކޮށްގެންނެވެ.

މި ޢީދަކީވެސް ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުން ލިބި، ރައްކާތެރިކަމާއި ސުލްޙަވެރިކަމާއެކު، ދުވަސްތައް ހޭދަކުރެވޭ ޢީދެއްކަމުގައި ލައްވާ، ރައްޔިތުންނަށް ކުށްކުރުން މަދު ވެއްޓެއްގައި ހިތްހަމަޖެހުމާއި ރައްކާތެރިކަމާއެކު އުޅެވޭނެ މިންވަރު ފަހިކޮށްދެއްވުންއެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން