ހުކުމް ތަންފީޒްކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ޙުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 7:50 ހާއިރު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ މީހެއްކަމުގައިވާ މ. ވައިޖެހޭ، އިބްރާހިމް އަސްގަރުއެވެ.

އިބްރާހިމް އަސްގަރަކީ 12 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ މީހެކެވެ.