އަރޭނާ ހޮޓެލްސް ޕީއާރުސީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އައިކޯސްޓް އީއެސްޖީ ހޯދައިފި.

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ “އަރޭނާ ހޮޓެލްސް ޕީއާރުސީ ވޮލީ ބޯލް ޓޯނަމަންޓް 2017” ޗެމްޕިއަންކަން ޓީމް އައިކޯސްޓް އީއެސްޖީ ހޯދައިފިއެވެ.

މާފުށި ޖަލުގެ ވޮލީ ކޯޓުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗްގައި “މާފުށި ޕްރިޒަން 2” ޓީމާއި ބައްދަލުކޮށް ސީދާ 3 ސެޓުން އައިކޯސްޓް އީއެސްޖީ މެޗް ކާމިޔާބުކޮށްފައިވާއިރު، މި މުބާރާތުގެ ލީގު ޗެމްޕިއަންކަންވެސް ހޯދާފައިވަނީ އައިކޯސްޓް އީއެސްޖީއެވެ.

ރޭގެ މެޗްގައި އައިކޯސްޓް އީއެސްޖީ އިން ވަނީ ތަފާތު މޮޅުކުޅުމެއްދައްކާފައެވެ. އަދި ރޭގެ މެޗްގައި “މާފުށި ޕްރިޒަން 2” ޓީމުންވެސްވަނީ މުބާރާތުގެ އެހެންމެޗްތަކާ އަޅާބަލާއިރު ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިކޯސްޓް އީއެސްޖީގެ ފިރާޝް އަބްދުއްރަހީމް އެވެ.