ވޮލީމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ނިއުސްޓާސް ހޯދައިފި.

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަރޭނާ ހޮޓެލްސް ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2017 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ނިއުސްޓާސް ސްޕޯރޓްސް ކްލަބް ހޯދައިފިއެވެ.

ރޭ މާފުށީ ޖަލުގެ ވޮލީ ކޯޓުގައި މާފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ނިއުސްޓާސް ހޯދާފައިވަނީ ވާދަވެރި މޮޅު ކުޅުމަކަށް ފަހުއެވެ.

ރޭގެ މެޗަކީ މުބާރާތުގެ އެހެން މެޗްތަކާއަޅާބަލާއިރު ތަފާތު މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މެޗެކެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިއުސްޓާސް ސްޕޯޓްސް ކްލަބްގެ މަރިޔަމް ނަޖްފާ އެވެ.

މިރޭ އޮންނާނީ މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗެވެ. މި މެޗްގައި ބައްދަލުކުރާނީ އައިކޯސްޓްއީއެސްޖީ އާއި މަފުށީ ޕްރިޒަން 2 އެވެ. މިރޭގެ މެޗަށްފަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.