‏ލޭގެ ޒަރިއްޔާއިން ގައިން ގަޔަށް އަރާ ބަލިތަކާބެހޭގޮތުން މައުލޫމާތު ސެޝަނެއް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރުންނަށް ލޭގެ ޒަރިއްޔާއިން ގައިން ގަޔަށްއަރާ ބަލިތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

ތިން ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމްގެ މަގްސަދަކީ ލޭގެ ޒަރިއްޔާއިން ގައިން ގަޔަށްއަރާ ބަލިތަކާއި ބެހޭގޮތުން އޮފިސަރުން ހޭލުންތެރި ކުރުވައި، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ދަސްކޮށްދިނުމެވެ. މި ޕްރޮގްރާމްގައި މާފުށީ ޖަލާއި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ އޮފިސަރުންގެ އިތުރުން އެމަޖަންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ބައިވެރިވެއެވެ.

މި ސެޝަން ނަންގަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ސެކްޝަންގެ މުވައްޒަފުންނެވެ.