‏އެމްސީއެސް އިން ޕްރިޒަން އޮފިސަރުންނަށް ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރުންނަށް ސައިން ލޭންގުއޭޖް ޕްރޮގްރާމެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

ހަތަރު ހަފްތާއަށް ކުރިއަށްދާ މި ޕްރޮގްރާމްގެ މަގްސަދަކީ މާފުށި ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ ޤައިދީންނާއި، ބަންދުމީހުންގެ ތެރޭގައި ވާހަކަ ދެއްކުމުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި މުއާމަލާތް ކުރާނެ ގޮތް ދަސްކޮށްދިނުމެވެ. މި ޕްރޮގްރާމްގައި 30 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން ކުރިއަށްދާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ ތަޖުރިބާކާރު މުދައްރިބެކެވެ.