‏ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އޭޝިއާ ފައުންޑޭޝަންގެ ބޭފުޅުންނާ ‏‏ބައްދަލުކުރައްވައިފި ‏

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އޭޝިއާ ފައުންޑޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮގްރާމްސް ޑރ. ގޯޑަން ހައިން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ޑރ. ހައިންގެ އިތުރުން އޭޝިއާ ފައުންޑޭޝަންގެ ކަންޓްރީ ރެޕްރެޒެންޓެޓިވް މސ. ދިނޭޝާ ޑި ސިލްވާ ވިކްރަމަނަޔަކަ އަދި ޑެޕިއުޓީ ކަންޓްރީ ރެޕްރެޒެންޓެޓިވް މރ. ޔޯހަން ރީބަރޓް ވަނީ ބައިވެރިވެވަޑައިގަންފައެވެ. މިއީ ޑރ. ހައިން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުފުޅެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ޔޫއެސް އެމްބަސީ އާއި އޭޝިއާ ފައުންޑޭޝަންއާއި ގުޅިގެން ގައިދީންނަށް ހިންގާފައިވާ ވޮކޭޝަނަލް ޕްރޮގްރާމްތަކާއި މިހާރު މެދުކެނޑިފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުންނެވެ.