‏ޤިރާއަތު ކޯސް ލެވަލް 1 ގެ 9 ވަނަ ބެޗް އައްސޭރި ޖަލުގައި ފަށައިފި‏

IMG_2528

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރްޢާން އެންޑް ސުންނަތް ގުޅިގެން ގައިދީންނަށް ހިންގާ ޤިރާއަތު ކޯހުގެ ލެވަލް އެކެއް ގެ  ނުވަ ވަނަ ބެޗް އައްސޭރި ޖަލުގައި މިއަދު ފަށައިފިއެވެ.

މި ކޯހުގައި 30 ގައިދީން ބައިވެރިވެފައިވާއިރު މި ކޯހުގެ މުއްދަތަކީ އަށް ހަފްތާއެވެ. މި ކޯހުން ފާސްވާ ގައިދީންނަށް ޤިރާއަތު ކޯސް ލެވެލް ދޭއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ. މީގެ އިތުރުން އައިކޯސްޓްއިން ދަނީ ގައިދީންނަށް އަމާޒުކޮށްގެން ތައުލީމީ ގޮތުންނާއި ފަންނީ ގޮތުން ކުރިއަށް ދެވޭނެ ތަފާތު ކޯސްތައް ހިންގަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *